Welcome to Department of National Registration.
Department of National RegistrationDepartment of National RegistrationDepartment of National Registration
(Sun- Thu)
info@dnr.gov.mv
Ameeru Ahmed Magu, Malé
Department of National RegistrationDepartment of National RegistrationDepartment of National Registration

Iulaan

ކޮވިޑް-19 އާ ގުޅިގެން އައު އާއްމު ޙާލަތުގައި މި ޑިޕާޓްމަންޓުން ޚިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ ގޮތް:

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތަށް އެދިވަޑައިގަންނަވާ ބޭފުޅުންގެ ފަސޭހައާއި ރައްކައުތެރިކަމަށްޓަކައި، ކާޑު ހެއްދުވުމަށްޓަކައި އެދިވަޑައިގަތުމަށް އެ ޚިދުމަތް މި އިދާރާގެ ވެބްސައިޓުން (www.dnr.gov.mv) މިހާރު ލިބެން ހުންނާނެއެވެ. އެގޮތުން އެދިވަޑައިގަންނަވާ ފަރާތްތަކަށް ކާޑު ބައްލަވައިވަޑައިގަތުމަށް އެޕޮއިންޓުމަންޓެއް ހަމަޖައްސައި އެކަމާ ގުޅޭ މަޢުލޫމާތު ޚިދުމަތަށް އެދިވަޑައިގަންނަވާއިރު ހުށަހަޅުއްވައިފައިވާ ފޯނު ނަންބަރަށް ފޮނުވޭނެއެވެ.

ކާޑު ބައްލަވާ ވަޑައިގަންނަވަންވާނީ ކާޑުގެ ވެރިފަރާތެވެ. 18 އަހަރު ނުފުރޭ ކުދިންގެ ކާޑު ޙަވާލުކުރާނީ، އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމުން އެ ކުދީންގެ ބެލެނިވެރީންނާއެވެ. ވެރިފަރާތަށް ވަޑައިނުގެންނެވޭނަމަ ފޯމު ހުށަހަޅުއްވާއިރު ކާޑު ޙަވާލުކުރާނެ ފަރާތެއްގެ މަޢުލޫމާތާއި (ފުރިހަމަ ނަން، ދާއިމީ އެޑްރެސް. އައި.ޑީ ނަންބަރު ހިމެނޭގޮތަށް) ސަބަބު ބަޔާން ކުރައްވާ ވެރިފަރާތުގެ ސިޓީއެއް (ސޮޔާއެކު) ހިމަނުއްވަންވާނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ޤާއިމު ކޮށްފައިވާ ކަލެކްޓިންގ ސެންޓަރުތަކަށް ހުށަހަޅުއްވާ ކާޑުތައް ލިބިވަޑައިގަންނަވާނީ އެ ސެންޓަރުތަކުންނެވެ.

ވީމާ، މިކަން މަޢުލޫމާތަށްޓަކައި އަންގާ އިޢުލާނު ކުރަމެވެ.
05 ޖުލައި 2020