Welcome to Department of National Registration.
Department of National RegistrationDepartment of National RegistrationDepartment of National Registration
(Sun- Thu)
info@dnr.gov.mv
Ameeru Ahmed Magu, Malé
Department of National RegistrationDepartment of National RegistrationDepartment of National Registration

About us

About us

Department of National Registry

1984 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ސަރުކާރުންވަނީ އައިޑެންޓިޓީ ކާޑު ޔުނިޓްގެ ނަމުގައި އިދާރާއެއް އުފައްދަވާ ދެއްވާފައެވެ. 1993 ނޮވެމްބަރު 11 ވަނަ ދުވަހު އައިޑެންޓިޓީކާޑު ޔުނިޓްގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ނަމަށް ބަދަލު ކުރައްވާފައިވެއެވެ. މިބަދަލު ގެންނަވާފައިވަނީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ 1997/93 ނަންބަރު ދެންނެވުމުންނެވެ.

Statement

Vision

ނޭޝަނަލް ރަޖިސްޓްރޭޝަނާބެހޭ އެންމެހައި މަޢުލޫމާތަކީ ސައްޙަ، އިތުބާރުހިފި ބަރޯސާކުރެވޭ، އަދި ކަމާބެހޭ ފަރާތްތަކަށް ބޭނުންހިފޭ އެއްޗަކަށް ހެދުން.

ދިވެހިރައްޔިތެއްކަން ސާބިތުކުރުމަށާއި މުހިންމު ޚިދުމަތް ލިބި ދިނުމަށް ބޭނުންވާ ޞައްޙަ މަޢުލޫމާތު އެއްކޮށް، އިތުބާރު ހުރި ގޮތެއްގައި ބަލަހައްޓައި، ޚިދުމަތް ލިބިގަންނަ ފަރާތް ހިތްހަމަޖެހޭގޮތަށް ޚިދުމަތް ބައްޓަން ކުރުމާއި ރަސްމީ ދާއިރާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށް ދިނުން.

Statement

Mission

Statistics

Form collection and card release stats

Following stats is until November 2019.

1 +
Aboard
10000 +
Collection points
10000 +
Male
10000 +
Released
Mandate

Mandate from 2018

17 ނޮވެމްބަރ 2018 ގައި ރިޔާސީ އައު ދައުރަކާއި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ޙަވާލުވެވަޑައިގަތުމާއި ގުޅިގެން ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން މިޑިޕާޓްމަންޓް ހިންގުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ބަދަލު ކުރެވުނެއެވެ. އަދި މިބަދަލާއެކު މިޑިޕާޓްމަންޓުން ކުރަން ކަނޑައަޅުއްވާފައިވަނީ ތިރީގައި މިދަންނަވާ މަސައްކަތްތަކެވެ.

1 ދިވެހި ރައްޔިތުންގެ ތެރެއިން 10 އަހަރުންމަތީގެ ކޮންމެ މީހަކަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމާއި، އުމުރުން 10 އަހަރު ނުފުރޭ ކުޑަކުދިންނަށް ވަގުތީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމާއި، މިކަންކަމާގުޅޭ އެންމެހައި ކަންތައް ހިންގައި ބެލެހެއްޓުން.
2. އުފަންވާ ދިވެހި ކުޑަކުދިންނަށް ހަދައިދެވޭ އުފަންދުވަހުގެ ސެޓްފިކެޓުގައި އެކުދިންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖެހުމަށްޓަކައި ނަންބަރު ދޫކުރުން.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވުމުގެ ނުވަތަ ގެއްލުމުގެ ސަބަބުން ލިބެން އޮތް ޙައްގެއް ގެއްލޭނަމަ، އަލުން ކާޑު ހަދައިދެވެންދެން ކާކުކަން އަންގައިދޭ ވަގުތީ ރަސްމީ ލިއުމެއް އެފަރާތަކަށް ފޯރުކޮށްދިނުން.
4. ސަރުކާރުގެ އޮފީސް އޮފީހުން ޢާންމުންނާބެހޭ އެކިއެކި ކަންކަމުގައި ފޮނުވާ މުވައްޒަފުންނަށް “ކާކުކަން އަންގައިދޭ ކާޑު” ހަދައިދިނުމާއި މިކަމާބެހޭ ރެކޯޑުތައް ބެލެހެއްޓުން.
5. ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މަޢުލޫމާތު ބެލެހެއްޓުމާބެހޭ ތިރީގައިވާ ކަންކަންކުރުން.
    (ހ) ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ފޫޅުމާފޯމު ފުރިހަމަކުރުމަށްޓަކައި ފޯމު ފުރިހަމަކުރަންޖެހޭ ފަރާތްތަކަށް އެ ފޯމުތައް ހުސްނުވެ ލިބެންހުންނާނެ އިންތިޒާމު ހަމަޖެއްސުން.
    (ށ) އުފަންވާ ކުދިންގެ ފޫޅުމާ ފޯމުގެ ކޮޕީ ހޯދަން އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ލިޔުން ދޫކުރުމާއި، އެ ފޯމުގައިވާ މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ މަޢުލޫމާތު ދޫކުރުން.
    (ނ) ދިވެހިރާއްޖޭގައި މަރުވާ ކޮންމެ މީހަކަށް މަރު ސާބިތުކުރާ ފޯމު ފުރިހަމަކުރުމަށްޓަކައި މަރު ސާބިތުކުރާ ފޯމު ފުރިހަމަ ކުރަންޖެހޭ ފަރާތްތަކަށް އެ ފޯމުތައް ހުސްނުވެ ލިބެންހުންނާނެ އިންތިޒާމު ހަމަޖެއްސުން.
    (ރ) މަރުވާ މީހުންގެ މަރު ސާބިތުކުރާ ފޯމުގެ ކޮޕީ ހޯދަން އެދޭ ފަރާތްތަކަށް، ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ލިޔުން ދޫކުރުމާއި، އެ ފޯމުގައިވާ މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ މަޢުލޫމާތު ދޫކުރުން.
    (ބ) އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މަޢުލޫމާތު ރަށު ފެންވަރުގައި، އަތޮޅު ފެންވަރުގައި، ސަރަޙައްދީ ފެންވަރުގައި އަދި މަރުކަޒީ ފެންވަރުގައި ބަލަހައްޓާ ފަރާތަތްތަކަށް ބޭނުންވާ ތަމްރީނު ދިނުން.
    (ޅ) ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މަޢުލޫމާތު ހުރިހައި ސަރަޙައްދުތަކަކުން އެއްކޮށް، އެ މަޢުލޫމާތު ބަލަހައްޓައި، ކުރަންޖެހޭ ދިރާސާތައްކުރުން.
    (ކ) އީ-ގަވަރމަންޓް ނިޒާމުގެ ދަށުން ޤާއިމުކޮށްފައިވާ “އޮންލައިން ބާރތު އެންޑް ޑެތު ރެޖިސްޓްރޭޝަން ސިސްޓަމް” ބެލެހެއްޓުން.