އާންމު ސުވަލާއި ޖަވާބު
ޑީއެންއާރް އާއި މުހާތަބުކޮށް ސިޓީލިޔާއިރު ހަވާލާދޭންޖެހޭ ފަރާތަކީ ކޮބާ؟
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން
އައި.ޑީ ކާޑު ނަގަން ހަދަން ޖެހެނީ ކިހިނެއްތޯ؟
ކިއުބީ އިން ނަމްބަރެއް ނަގަން ޖެހޭނި
އެހެން މީހެއްގެ އައި.ޑީ ކާޑު ނެގޭނެތޯ؟ ސިޓީ އެއް ހިފައިގެން އައުމުން ވެސް ނުނެގޭނެތޯ؟
ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން ސިޓީގައި ބަޔާން ކޮށްފައިވާ ފަރާތަށް ކާޑު ދޫކުރެވޭނެ
ރަށުގަ ހުރި ފަރާތެއްގެ އައި.ޑީ ކާޑު ނަގާނީ ކިހިނެއްތޯ ؟
ރަށުގަ ހުންނަވާ ނަމަ ކާޑު ނަގާ ތަނަކަށް ހުންނެވި ރަށް ޖައްސަވާ އޭރުން ކާޑު ނިމުމުން ރަށަށް ކާޑު ފޮނުވަދެވޭނެ
ކިހާ ދުވަހެއް ނަގާނެ ތޯ ކާޑު ރަށަށް ފޮނުވަން؟
ހަފްތާ އަކު އެއްފަހަރު ކޮންމެ ރަށަކަށް ވެސް ކާޑު ފޮނުވާނެ
ކާޑަށް ފައިސާ ދައްކާ ލިންކް އިނީ އެކްސްޕަޔަރ ވެފަ ދެން ކިހިނެއްތޯ ހަދަން ޖެހެނި؟
ޕޯޓަލް އަށް ވަދެ އެޕްލިކޭޝަން އަށް ގޮސް "ފައިސާ ދައްކާ ލިންކު އައުކުރުމަށް" މި ބަޓަން އަށް ފިއްތަވާ ލެއްވުމުން އައު ލިންކެއް ލިބިލައްވާނެ
ރެޖިސްޓަރ ނުވެވޭ ކާޑު ގެއްލިގެން ސީރިއަލް ނަމްބަރ ނެންގޭތީ ކިހިނެއްތޯ ހަދާނި؟
ކާޑުގެ ވެރި ފަރާތް ޑީ.އެން.އާރަށް ދުރުވުމުން ސީރިއަލް ނަމްބަރ ހިއްސާކޮށްލަ ދޭނެ އަދި ރަށުގައި ހުންނަވާނަމް ކައުންސިލް މެދުވެރިކޮށް އީމެއިލް ކުރުމުން ސީރިއަލް ނަމްބަރ މެއިލް ކޮށްލަ ދޭނެ
ކާޑު އިނީ ޑީއެން.އާރުން ނަގަން ނަމަވެސް ވެރި ފަރާތް ހުރި ރަށުގަ ދެން ހަދަން ޖެހޭނީ ކިހިނެއްތޯ ؟
ކާޑަށް ފައިސާދައްކައި ނިމިފައި ނުވާނަމަ ލޮކޭޝަން ޕޯރޓަލް މެދުވެރިކޮށް ބަދަލު ކުރެވޭނެއެވެ. ފައިސާ ދައްކައިފައިވާނަމަ ދެން ޖެހޭނީ ހުންނެވި ރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް ސިޓީ އެއް މެއިލް ކުރަން